ޗައިނާގެ މަޝްހޫރު ޓެކްނޮލޮޖީ އަދި ސްމާޓްފޯން އުފައްދާ ކުންފުނި ޝައޯމީން ނިމުނު އޮކްޓޫބަރު މަހުގެ ތެރޭގައި 50،000 އަށްވުރެ ގިނަ އިލެކްޓްރިކް ވެހިކަލް (އީވީ) ކަސްޓަމަރުންނަށް ފޯރުކޮށްދީ، މިއަހަރުގެ ތެރޭގައި އެއް މަހެއްގައި އެންމެ ގިނައިން އީވީ ވިއްކި ކަމުގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
މިއީ މުޅި 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި އެ ކުންފުނީގެ އުފެއްދުންތެރިކަން އަވަސްކޮށް، ކުރިއަށްޖައްސަމުންދާ ދަނޑިވަޅެއްގައި ހޯދި ބޮޑު ކުރިއެރުމެކެވެ.
ޝައޯމީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ޖުމްލަ 336،000 އަށްވުރެ ގިނަ އީވީ ކާރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައެވެ. މިއީ އޮގަސްޓް މަހު 30،000 އަށްވުރެ ގިނަ ވެހިކަލް އަދި ސެޕްޓެމްބަރު މަހު 40،000 އަށްވުރެ ގިނަ ވެހިކަލް ފޯރުކޮށްދިނުމަށްފަހު، ޖެހިޖެހިގެން އައި މަސްތަކުގައި ހޯދަމުންދާ މެދުކެނޑުމެއްނެތް ކުރިއެރުމެކެވެ.
ޝައޯމީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ޖުމްލަ 336،000 އަށްވުރެ ގިނަ އީވީ ކާރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައި ---މުޅި މި އަހަރަށް ބަލާއިރު، ޖުމްލަ 550،000 އީވީ ކާރު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ޝައޯމީން ވަނީ އަމާޒު ހިފާފައެވެ. ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ހާސިލުކުރެވުނު 336،000 ވެހިކަލްގެ އަދަދަކީ އެ ކުންފުނީގެ މުޅި އަހަރުގެ އަހަރީ އަމާޒުގެ ގާތްގަނޑަކަށް 61 އިންސައްތައެވެ.
ޝައޯމީގެ ފައުންޑާ އަދި ސީއީއޯ ލެއި ޖުން އިސްކޮށް ހުންނަވައިގެން، އިލެކްޓްރިކް ވެހިކަލް އުފެއްދުމުގެ ދާއިރާއަށް އެ ކުންފުނިން ވަދެފައިވާއިރު، ޗައިނާގެ ވާދަވެރި އީވީ ބާޒާރުގައި އެ ކުންފުނިން އަންނަނީ އަވަސް މުއްދަތެއްގެ ތެރޭގައި ބޮޑު ނުފޫޒެއް ފޯރުވަމުންނެވެ. އަދި އުފެއްދުންތެރިކަން އިތުރުކޮށް ކަސްޓަމަރުންގެ އެދުމާ އެއްގޮތަށް ވެހިކަލްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ވަރުގަދައަށް ކުރިއަށްގެންދަމުންނެވެ.