ނަޝީދަށް، ޙުސްނީގެ ރައްދެއް: ހޯމްސްކޫލިން ހަރުދަނާކުރަނީ ހަރުކަށި ފިކުރަށް ފުރުސަތު ދޭކަށް ނޫން

މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކު: ވިދާޅުވީ ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ އެއްވެސް ހާލަތެއްގައި ހަރުކަށި ފިކުރު ދިރުވަން ހުށަހެޅި އިސްލާހުތަކެއް ނޫން ކަމަށް -- ފޮޓޯ/ މަޖިލިސް

ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ އެއްވެސް ހާލަތެއްގައި ހަރުކަށި ފިކުރު ދިރުވަން ނުވަތަ އަންހެން ދަރިން ތައުލީމުން އެކަހެރިކޮށް ގޭގައި ބެއިތިއްބުމުގެ މަގުސަދުގައި ހުށަހެޅި އިސްލާހުތަކެއްނޫން ކަމަށް، މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސްނީ މުބާރިކު މިއަދު ވިދާޅުވެއްޖެއެވެ.

ސްކޫލަށް ހާޒިރުވެ ދަރިވަރުން ތައުލީމު ހާސިލްކުރަން ނުކުޅެދިއްޖެ ހާލަތުގައި ގޭގައި ބައިތިއްބައިގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުމަށްޓަކައި، ތައުލީމާ ބެހޭ ގާނޫނަށް އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ވެރިކަންކުރާ ޕީއެންސީ ފަރާތުން މިދިޔަ ހަފުތާގައި ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވަމުން ޙުސްނީ ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދުދެއްވައިފައެވެ. އެގޮތުން ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމަކީ އަންހެން ދަރިން ތައުލީމުން އެކަހެރިކޮށް އެ ކުދިން ގޭގައި ބައިތިއްބައިގެން ފުރުސަތުދިނުން ނޫން ކަމަށް ޙުސްނީ ވިދާޅުވިއެވެ.

https://sun.mv/229819

"ހަމަ އެގޮތަށް ގަބޫލުކުރަންވީނޫންތޯ އެ ފުރުސަތު ފަހިކޮށްދިނުމަކީ ލާދީނިއްޔަތަށް ކުދިން ތަރުބިއްޔަތުކުރުމަށް ލިބިދޭ ފުރުސަތެއްގެ ގޮތުގައި ވެސް، ކީއްވެގެންތޯ ކޮންމެހެން އިސްލާމީ ހާލަތުގައި އަޅުވައިފައި އިސްލާމްދީނުގައި ވަކި ގޮތަކަށް ވަކި ހަރުކަށި ފިކުރެއް ފަހިކުރުމަށް އެ ފިކުރަށް ފުރުސަތު ފަހިކޮށްދޭން ގެންނަ ބަދަލެއްގެ ގޮތުގައި ތަސައްވުރުކޮށްދޭން އުޅެނީ،؟" ހުސްނީ ސުވާލު އުފެއްދެވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ހޯމްސްކޫލިންގެ ކަންކަން ގާނޫނުގައި ތަފުސީލުކޮށްދެވޭނެއެވެ.

"އެހެންވީމާ އެއްވެސް ހާލެއްގައި މިއީކީ ހަރުކަށި ފިކުރަށް ފުރުސަތު ދިނުމަކަށް ނުވަތަ ޖާރިޔާއިން އުފެއްދުމޭ، އެ ޓާމް އެގޮތަށް ބޭނުންކުރެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއްނުކުރަން މި ބިލާ ގުޅުވައި،" ޙުސްނީ ވިދާޅުވިއެވެ.

https://sun.mv/229745

ޙުސްނީ މިހެން ވިދާޅުވިއިރު ފާހަގަކުރެވޭ ގޮތުގައި މި ބިލަށް ބަހުސްކުރައްވަމުން، ހޯމް ސްކޫލިން ފަހިކޮށްދިނުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުން އެ މީހުންގެ ދަރިން ގޭގައި ބައިތިއްބައި، އެ ފިކުރު ދިރުވަން ކުރެވޭ ކަމެއްތޯ ވިސްނާލަންޖެހޭ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިދިޔަ ހަފުތާގައި ވިދާޅުވެފައިވެއެވެ.

https://sun.mv/229744

ހަމަ އެހެންމެ ނަޝީދު މިދިޔަ ބުދަ ދުވަހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި، ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެއަށްފަހު އެ ބިލަކީ "ޖާރިޔާ ބިލު"ގެ ގޮތުގައި އެ މަނިކުފާނު ވަނީ އެކިފަހަރު މަތިން ސިފަކުރައްވައިފައެވެ.

comment ކޮމެންޓް