ގިނަ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސްގެ އަހަރީ ބޮޑު ސޭލް، އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކައިލާން ޓްރެންޑްސް ހުޅުވުނު ފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މަޝްހޫރު އަހަރީ ސޭލް، މި އަހަރުވެސް ކުރިއަށް ދާނީ 50 ޕަސެންޓާ ހަމައަށް ޚާއްސަ ޑިސްކައުންޓުތަކަކާއެކު ކަމަށް ކައިލާނުން މައުލޫމާތުދެއެވެ.
ޑިސެންބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހުގެ ނިޔަލަށް މި ސޭލް ކުރިއަށްދާއިރު، ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:30 އިން އަސުރު ނަމާދު ވަގުތާ ހަމައަށް، އަދި ހަވީރު 16:00 އިން 18:00 އަށް، އެއަށްފަހު ރޭގަނޑު 20:00 އިން 23:00 އަށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް ކައިލާނުން ބުނެއެވެ.
މި ސޭލްއަކީ އާއިލާ މެމްބަރުންނާއި ރަޙުމަތްތެރިންގެ އިތުރުން ލޯބިވާ މީހުންނަށް އައު އަހަރުގެ ހަދިޔާ ދިނުމަށް ލިބޭނެ ރަނުގެ ފުރުސަތެއްކަމަށް ކައިލާނުން ބުނެއެވެ. ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލްގައި ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ވަރަށް ގިނަ ބާވަތްތަކުގެ މުދާ ލިބޭނެކަމަށް އެ ފިހާރައިން ބުންޏެވެ. އަދި އެހެން ފަހަރުތަކެކޭ އެއްފަދައިން، ސްޓޮކް ހުސްވަންދެން ހުރިހާ މުދަލެއްވެސް ލިބޭނެ ކަމަށްވެސް ކައިލާނުން މައުލޫމާތުދީފައިވެއެވެ.
ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލްކުރެއެވެ.
ކައިލާން ޓްރެންޑްސުން ވިއްކާ ސެންޓާއި ކޮސްމެޓިކްސްއާއެކު، އެހެނިހެން އެތައް ބާވަތެއްގެ ތަކެތިވެސް މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ލިބޭނެކަމަށް އެ ފިހާރައިން ބުނެއެވެ. މީގެ އިތުރުން ކައިލާން ޓްރެންޑްސްގެ ހުރިހާ ބާވަތެއްގެ ތަކެތިންވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެކަމަށް އެފިހާރައިން ބުނެއެވެ. މިއީ، ކަސްޓަމަރުންނަށް ކައިލާންއިން ބޭނުންވާ ތަކެތި ގިނަ އަދަދަކަށް ބާޒާރުކުރުމަށް ފަހުވެސް، ފައިސާ ސަލާމަތްކުރެވޭނެ ރަނުގެ ފުރުސަތެއްގެ ގޮތުގައި ކައިލާނުން ސިފަކޮށްފައިވެއެވެ.
މި ޚާއްސަ ސޭލްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ، 7986474 ނުވަތަ 9517729 އަށް ގުޅުމަށް ކައިލާނުން އެދިފައިވެއެވެ.