ދިރާގު ގޭމިން ކޮންކުއެސްޓްގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ)"ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް --

ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް" (ޑީއެމްޖީސީ)ގެ މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައިފިއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ރަޖިސްޓަރީކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 23:59އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ.

ދިރާގުން ބުނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބައިވެރިވެވޭ ގޮތަށް އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ޑީއެމްޖީސީއަށް ކޮލިފައިވާނީ މި މުބާރާތުގެ އެންމެ މޮޅު އަށް ޓީމު ކަމަށެވެ. މޮބައިލް ލެޖެންޑް ކޮލިފަޔާސްގައި ބައިވެރިވެ، ވަނަވަނައަށް ދާ ޓީމުތަކަށް ދިރާގުން ވަނީ ޖުމްލަ 15،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ކަނޑައަޅައިފައެވެ.

މި ގޮތުން، އެއްވަނައަށް ދާ ޓީމަށް 7،000 ރުފިޔާ، ދެވަނައަށް ދާ ޓީމަށް 5،000 އަދި ތިންވަނައަށް ދާ ޓީމަށް 3،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

ޑީއެމްޖީސީއަކީ ދިވެހިރާއްޖޭގައި ތިބި އެންމެ ހުނަވެރި ގޭމަރުން އެއްތާކުން ފެނިގެންދާ ގޮތަށް ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ގޭމްތައް ހިމަނައިގެން ކުރިއަށްގެންދާ ޗެމްޕިއަންޝިޕެކެވެ. މި ގޮތުން، މޮބައިލް ލެޖެންޑްސް ކޮލިފަޔާސްއަކީ ޑީއެމްޖީސީއާ ހަމައަށް ދިއުމަށް ހުޅުވާލެވޭ ފުރުތަމަ މުބާރާތް ކަމަށް ދިރާގުން ބުނެއެވެ.

ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، ދިވެހި ގޭމިން، އައު އުސްމިންތަކަކަށް އުފުލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިރާގުން ބުނީމި މުބާރާތާ ބެހޭ އިތުރު މައުލޫމާތުތައް އިއުލާނު ކުރާނީ dgg.mv މެދުވެރިކޮށް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް