އަމީނާ ޕްރިމިއަމް ލައުންޖުން ނާސްތާއެއް ނަގައިގެން 5000 ރުފިޔާގެ ޕޮެއިންޓްސް ހޯދުމުގެ ފުރުސަތު

އޭޕީއެލް: ނާސްތާއެއް ނަގައިގެން، 5000 ރުފިޔާގެ ޕޮއިންޓްސް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --

އަމީނާ ޕްރީމިއަމް ލައުންޖުން (އޭޕީއެލް)އިން ނާސްތާއެއް ނަގައިގެން، 5000 ރުފިޔާގެ ޕޮއިންޓްސް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭޕީއެލް މަޝްހޫރުވެފައިވަނީ ޕްރޮފެޝަނަލުންނަށާއި، މުނިފޫހިފިލުވުމަށް އެދޭ މީހުންނަށާއި، ހަމަހިމޭން ތަނެއް ބޭނުންވާ މީހުންނަށް އެކަށީގެންވާ ޕްރައިވެޓް މާހައުލެއްގޮތަށެވެ. ކަރައޯކީ ރޫމް، ޕޫލް ޓޭބަލް، އަދި ލައުންޖް ޑައިނިންގް ފަދަ ވަސީލަތްތައް ލިބެއެވެ.

އޭޕީއެލުން ވަނީ ކޮންމެ މަހަކު އެއް ނަސީބުވެރިއަކު ހޮވާ ގޮތަށް، 5000 އޭޕީއެލް ޕޮއިންޓްސް ލިބޭގޮތަށް ގިވްއަވޭއެއް ހުޅުވާލާފައެވެ.

އޭޕީއެލްގައި ކޮންމެ ޕޮއިންޓަކަށް ރުފިޔާއެއްގެ މަގުން، ފައިސާގެ ގޮތުގައި ޕޮއިންޓްސް ބޭނުންކުރެވޭނެއެވެ.

އެ ގިވްއަވޭގައި ބައިވެރިވުމަށް އޭޕީއެލްގެ މެމްބަރަކަށް ވާންޖެހެއެވެ. އޭޕީއެލް ވެބްސައިޓުން މެމްބާޝިޕަށް ހިލޭ އެދެވޭނެއެވެ. އަދި އޭޕީއެލްގައި ބްރެކްފާސްޓެއް ނެގުމާއެކު، އޮޓޮމެޓިކުން ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.

އޭޕީއެލް: އޭޕީއެލްއިން ކޮންމެ ޕޮއިންޓެއް އެއް ރުފިޔާގެ ގޮތުގައި ބޭނުންކުރެވޭނެ --

އޭޕީއެލްގައި ހިތްގައިމު "ވިއު"އަކާއެކު، ކަރައޯކޭ އާއި ބިލިއާޑް ކުޅެވޭނެއެވެ. ސަންޑެކެއްވެސް މި ލައުންޖުގައި ހުރެއެވެ. މީގެ އިތުރުން ލައުންޖުގެ ބޭނުން ހިފާ މީހުންނަށް އެތަނުގައި ކެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް