ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ ގޮތުން ކޮންމެ ވެސް ކަހަލަ ކަސްރަތެއް ކޮށްލުން ނުވަތަ ހިނގާލަން ދިއުމަކީ ތެރެއިން ގިނަ ބައެއްގެ އާދައެވެ. ހުސްބަނޑާ ހުރެ ކަސްރަތުކޮށްލަން ދިއުން ނުވަތަ ކަސްރަތު ކުރުމުގެ ގޮތުން ހިނގާލަން ދިއުމަކީ ވެސް ވަރަށް ގިނަ ބައެއްގެ އާދައެކެވެ.
ނަމަވެސް, މިއީ ސިއްހަތަށް އެކަމުން ގެއްލުންތަކެއް ކުރިމަތިވެ ހަށިގަނޑު ނުރައްކަލަށް ހުށަހެޅިދާނެކަމުގެ އަލާމާތެކެވެ.
ކަސްރަތުކުރަން ފެށުމުގެ ކުރިން ބެލެންސްޑް ކެއުމެއް ނުވަތަ ލުއި ކެއުމަކަށް އިންސާފުކޮށްލުމަކީ ހަށިގަނޑުގެ މަސްތައް ދުޅަހެޔޮކަންމަތީ ބަހައްޓަން އެހީވެދީ ކަސްރަތު ކުރުމަށް ހަށިގަނޑު ތައްޔާރުކޮށްދޭ ކަމެކެވެ. ހަމައެއާއެކު ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުމަށް ވެސް އެހީވެދޭ ކަމެކެވެ.

ކަސްރަތު ކުރުމުގެ ކުރިން ކާން ބޭނުންނަމަށް ވީހާވެސް ލުއި ކާނާއެއް ކެއުން ރަނގަޅު--ފޮޓޯ/ޕިންޓްރެސްޓް
ސަޓިފައިޑް ޔޯގާ ޓީޗާ އަދި ލިޔުންތެރިޔާ އެމިލީ ކްރޮންކްލެޓަން ބުނެފައިވާ ގޮތުގައި ހުސްބަނޑާ ހުރެ ކަސްރަތު ކުރުމަކީ އާއްމުކޮށް ހެނދުނު ހެނދުނާ ކަސްރަތު ކުރުމަށް ބޭނުންވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ އާދައެވެ.
އެމިލީ ކްރޮންކްލެޓަން ދެކޭ ގޮތުގައި ހެނދުނުގެ ނާސްތާއަށް ފަހު ކަސްރަތުކުރުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. މިކަމާ ގުޅިގެން 2016ގައި ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ހެނދުނު ސައިނުބޮއެ ކަސްރަތުކުރި މީހުންގެ ހަށިގަނޑުން ސަރުބީ މަދުވި މިންވަރު ނާސްތާކޮށްގެން ކަސްރަތުކުރި މީހުންނަށްވުރެ މާ މައްޗެވެ.
ހަމައެއާއެކު ނާސްތާނުކޮށް ކަސްރަތު ކުރި މީހުންގެ ހަށިގަނޑުން 24 ގަޑިއިރު ތެރޭ މަދުވި ކެލޮރީސްގެ މިންވަރު ވެސް އިތުރުވިއެވެ. އެމިލީ ކްރޮންކްލެޓަން ބުނެފައިވާ ގޮތުގައި ނާސްތާ ނުކޮށް ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުގެ އަގުހުރި ހަކަތައް ވިރުވާލަން އެހީވެދީ އެކަން އާދައަކަށް ހަދައިފިނަމަ ހަށިގަނޑުގައި ހުންނަ ސަރުބީތައް މަސައްކަތް ކުރާނީ ކަސްރަތު ކުރަމުންދާއިރު ހަކަތަ އިތުރުކޮށްދިނުމަށެވެ.
ކަސްރަތު ކުރުމުގެ ކުރިން ކާން ބޭނުންވާނަމަ އެއީ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމަކު ކަސްރަތަށް ދިއުމުގެ ދޭއް ނުވަތަ ތިން ގަޑިއިރު ކުރިން ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓް އެކުލެވޭ ކެއުމެއް އިޚުތިޔާރުކުރަންވާނެ ކަމަށް އެމިލީ ކްރޮންކްލެޓަން ވަނީ ލަފާ ދީފައެވެ.
މާ ބޮޑު ކެއުމަކަށް ވަގުތު ނެތް ނަމަ ހަކަތަ ލިބިދޭ ކަހަލަ އެނާޖީ ބާއެއް ނުވަތަ ޕީނަޓް ބަޓަ ސޭންޑްވިޗެއް ވެސް ކެއުމުގައި ހިމަނާލެވިދާނެ ކަމަށް އެމިލީ ކްރޮންކްލެޓަން ވަނީ ބުނެފައެވެ.