"ދަ މެންގްރޫވް އައިލެންޑު" ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ކުއާޒޯ

'ދަ މެންގްރޫވް އައިލެންޑު' ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ކުއާޒޯ: ކުއާޒޯ ޕްރައިވެޓް ލިމިޓެޑް---ފޮޓޯ/ކުއާޒޯ

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ދަ މެންގްރޫވް އައިލެންޑް" ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަަށް ކުއާޒޯ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

ކުއާޒޯ އަކީ ރާއްޖޭގައި ފަރުނީޗަރާއި ގޭތެރޭގެ ސާމާނު ވިއްކާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެގޮތުން "ކުއާޒޯ ހޯމް" އާއި "ކުއާޒޯ" ގެ ނަމުގައި ބޮޑު ދެ ފިހާރަ މާލެގައި ހިންގަމުން ދެއެވެ.

"ކުއާޒޯ" މެދުވެރިކޮށް ތަފާތު ވައްތަރުގެ ތަށިމުށީގެ އިތުރުން ފާޚާނާ ޒީނަތްތެރިކޮށްލުމަށް ބޭނުންވާ ރީތި ޑިޒައިންތަކުގެ އަތްދޮންނަ ތަށި، ޝަވާ ސެޓްތަކާއި ފެން އިސްކުރުތަކާއި ކެބިނެޓް ސެޓްތައް ފަދަ ތަކެތި ލިބެންހުނާނެއެވެ.

'ދަ މެންގްރޫވް އައިލެންޑު' ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ކުއާޒޯ: ކުއާޒޯގެ ފާހާނާ ފަރުނީޗަރު----ފޮޓޯ/އިންސްޓަގްރާމް

އަދި އެ ކުންފުނީގެ ދެވަނަ ފިހާރަކަމަށްވާ " ކުއާޒޯ ހޯމް" މެދުވެރިކޮށް ނިދާ ކޮޓަރިޔަށް އެންމެ އެކަށީގެންވާ ތަފާތު ޑިޒައިންތަކުގެ ކުއަލިޓީ ރަނގަޅު ބެޑްރޫމްސެޓާއި އެކި ކުލަތަކުގެ ބެޑްޝީޓްތައް ލިބެންހުންނާނެއެވެ.

"ދަ މެންގްރޫވް އައިލެންޑް" ފުޓުބޯޅަ މުބާރާތް ބްރޮޑްކާސްޓްކޮށް އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި އެސްއެސްމީޑިއާއިން ވަނީ ސޮއިކޮށްފައެވެ. މި މުބާރާތުގެ ޚަބަރުތައް އެސްއެސް މީޑިއާގެ ދަށުން ހިންގާ ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫސް, ސަން އޮންލައިނާއި އެސްއެސް ޓީވީން ވެސް ގެނެސްދޭނެއެވެ.

https://sun.mv/204537

މިއީ ކައުންސިލްގެ ހަތަރުވަނަ ދައުރު ފެށުނީއްސުރެ ބާއްވާ މުބާރާތެކެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއީ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކެނދިކުޅުދޫގައެވެ.

comment ކޮމެންޓް