ދިރާގު ކަސްޓަމަރުންނަށް ކޮންމެ ދެދުވަހަކުން އެއް ދުވަހު ސްމާޓް ހޯމް ކިޓެއް ހޯދުމުގެ ފުރުސަތު

ދިރާގު ކަސްޓަމަރުންނަށް ކޮންމެ ދެދުވަހަކުން އެއް ދުވަހު ދޭ ސްމާޓް ހޯމް ކިޓުގައި ހިމެނޭ ތަކެތި--

ދިރާގު ކަސްޓަމަރުންނަށް ކޮންމެ ދެ ދުވަހަކުން އެއް ދުވަހު ސްމާޓް ހޯމް ކިޓެއް ލިބޭ ޕްރޮމޯޝަނެއް އެ ޚިދުމަތުން ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ 200 ރުފިޔާއިން މަތީގެ ޚިދުމަތަކަށް ފައިސާ ދައްކާށެވެ. 200 ރުފިޔާއިން މަތީގެ ރީޗާޖު ކުރުމުން ވެސް ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ސްމާޓް ކިޓުގައި ހިމެނޭ ތަކެއްޗަކީ:

  • އައުޓް ޑޯ ކެމެރާ
  • އިންޑޯ ކެމެރާ
  • ޑޯބެލް ކެމެރާ
  • ދިރާގު އޮރެންޖު ބޮކްސް

ދިރާގުން ބުނީ މިއީ، ޑިޖިޓަލް ޚިދުމަތްތައް ހޯދައިގެން ސްމާޓް ދިރިއުޅުމެއް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެހެންކަމުން އެއް ފަހަރަށްވުރެ ގިނަ ފަހަރު އެއް ކަސްޓަމަރަކަށް މި ހަދިޔާ ލިބުން ވެސް އެކަށީގެންވާކަން ދިރާގުން ފާހަގަކުރިއެވެ.

އަދި މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް ގޭގައި އުޅޭ އިރު ރައްކާތެރިކަން ކަށަވަރު ވާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އެ ކުންފުނިން މިފަދަ ޚިދުމަތްތަކާއި ޕްރޮމޯޝަންތައް ކުރިއަށްގެންދިއުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި މިފަދަ ޕްރޮމޯޝަންތަކުގެ ސަބަބުން ކަސްޓަމަރުންނާ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް