ފަރަންސޭސި މުސްލިމަކު މިސްކިތުގައި ސަޖިދައަށް އޮއްވައި ހަށިގަނޑު ކޮށާލައިފި

ފަރަންސޭސިވިލާތުގެ މިސްކިތެއް

ޕެރިސް (28 އެޕްރީލް 2025): ފަރަންސޭސިވިލާތުގެ މިސްކިތެއްގައި 24 އަހަރުގެ ޒުވާން މުސްލިމެއްގެ ގަޔަށް ވަޅިހަރައި މަރާލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހެއްކަން ތަހުގީގުތަކުން ހާމަވެއްޖެއެވެ.

ފަރަންސޭސި ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މި ޖަރީމާ ހިންގާފައިވަނީ މުސްލިމުންނާމެދު ނަފުރަތާއި ރުޅިވެރިކަމާ އަދި ނަސްލީ އިމްތިޔާޒު ގެންގުޅޭ ފަރަންސޭސިވިލާތުގެ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ.

މި ޖަރީމާ ހިންގާފައިވަނީ މިދިޔަ ހުކުރުދުވަހު ފަރަންސޭސިވިލާތުގެ ދެކުނުގެ 'ލަގްރާންދް ކޯންބް" ޓައުންގެ މިސްކިތެއްގައެވެ. މި ޖަރީމާގައި މަރުވީ އަބޫބަކުރު ނަމަކަށް ކިޔާ ފަރަންސޭސި ޒުވާން މުސްލިމެކެވެ. އޭނާގެ އުމުރަކީ 24 އަހަރެވެ. މުސްލިމް މި ޒުވާނަކީ އެފްރިކާގެ އިސްލާމީ ގައުމެއްކަމަށްވާ މާލީ ދަރިކޮޅަށް ނިސްބަތްވާ ފަރަންސޭސި ރައްޔިތެކެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހާ މި މުސްލިމް ޒުވާނާއަށް ހަމަލާދީފައިވަނީ ސަޖިދާގައި އޮއްވައެވެ. ޒުވާނާގެ ހަށިގަނޑުގެ 50 ތަނަކަށް ވަޅިޖަހާފައިވާއިރު މުޅި ހަށިގަނޑުވަނީ ލޭ ގުޅައަކަށް ވެފައިކަމަށް ފަރަންސޭސި ފުލުހުން ބުނެއެވެ.

ފަރަންސޭސިވިލާތަކީ ޓެރަރިސްޓް ޖަމާއަތްތައް ވަރަށް ގިނަ ގައުމެކެވެ. މި ފަހަކަށް އައިސް ޓެރަރިސްޓް ހަރަކާތްތައް ފަރަންސޭސިވިލާތުގައާއި ޔޫރަޕްގެ އެހެން ގައުމުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޔޫރަޕާއި އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ޓެރަރިޒަމް ހިންގާ ޖަމާއަތްތަކަކީ ވައިޓް ސްޕްރެމަސީގެ ފިކުރުގައި ދޮން ނަސްލުގެ ގައުމިއްޔަތާއި ދޮންމީހުންނަކީ އެހެން މީހުންނަށްވުރެ މާ މާތް މާ މޮޅު ބައެއްކަމުގެ ބޯދާ ނަސްލީ އިމްތިޔާޒުގެ ފޭކު ސްލޯގަންތައް ޕްރޮމޯޓްކުރާ ޖަމާއަތްތަކެކެވެ.

މި ޖަމާއަތްތަކަށް ފުރުސަތު ބޮޑުވަނީ ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ސަރުކާރުތަކުން ބޭރުފުށުން އިންސާނީ ހައްގުތަކުގެ ދަޅަދެއްކި ނަމަވެސް އެފަދަ ޖަމާއަތްތަކުގެ ޝިކާރައަކަށްވާ މުސްލިމުންނަށް އިންސާފު ހޯދައި ނުދެވޭތީއާއި އެކިއެކި ނުފޫޒާއި ފިއްތުންތަކުގެ ސަބަބުން ވައިޓް ސްޕްރެމަޓިސްޓުންނަށް އަދަބު ނުދެވޭތީކަމަށް ފަރަންސޭސި މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެއެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން މުސްލިމް ޒުވާނާ މަރާލުމަށް ފަހު ފިލި ފަރަންސޭސި މީހާ މިހާރުވަނީ ފުލުހުން އޭނާ ހޯދަން ހިންގި އޮޕަރޭޝަންގައި އޭނާ ހިސާރުކުރުމުން ހަދާނެ އެހެން ގޮތެއް ނެތިގެން އޭނާ އަމިއްލައަށް ހަތިޔާރު ބަހައްޓައި ފުލުހުންނަށް އަމާންދީފައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ފަރަންސޭސިވިލާތުގައި ވެސް ގާނޫނުތައް ބިނާކޮށްފައިވަނީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށްވުރެ އެ މީހުންގެ ހައްގުތައް ބޮޑުކުރާ ގޮތަށެވެ. އަދި، ކުށްވެރިން އަދަބު ދިނުމުގެ ބަދަލުގައި އެ މީހުން ހިމާޔަތްކުރާ ގޮތަށްކަމަށް މުސްލިމުން ސިފަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް