23 އަހަރު ފަހުން ދެވަނަ ކުއްޖާ ލިބޭއިރު އަރުބާޒަށް ތަފާތު އިހުސާސެއް

އަރުބާޒް ޚާން އަންހެނުން ޝޫރާ ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ ކުރީގެ އެކްޓަރު އަރުބާޒް ޚާންއަށް އެތައް އަހަރެއް ފަހުން ދެވަނަ ދަރިއަކު ލިބެން އުޅޭއިރު މުޅިން އާ ކަންތައްތަކެއް ތަޖުރިބާކުރެވޭކަމުގެ އިހުސާސްކުރެވޭ ކަމަށް އެކްޓަރު ބުނެފިއެވެ.

މީގެ އަހަރެއް ކުރިން އަރުބާޒު ވަނީ މޭކަޕް އާޓިސްޓެއް ކަމަށްވާ ޝޫރާ ޚާންއާ ކައިވެނިކޮށްފައެވެ. މިއީ އަރުބާޒުގެ ދެވަނަ ކައިވެންޏެވެ. ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަރުބާޒު ބުނެފައިވަނީ އަންހެނުން ޝޫރާ ޚާން ބަލިވެއިން ޚަބަރަކީ އެންމެންނަށް ވެސް އެނގޭ ކަމެއް ކަމަށާއި އެކަން ސިއްރުކުރަން ނޫޅޭ ކަމަށެވެ.

މި ދުވަސްވަރަކީ އަރުބާޒާއި ޝޫރާއަށް ވެސް ވަރަށް އެހެންކަހަލަ އުފާވެރިކަމެއް އިހުސާސްތަކެއް ކުރެވޭ ދުވަސްވަރެއް ކަމަށާއި ދެ ފަރާތުންގެ އާއިލާއިން ވެސް އެ އުފަލުގައި ބައިވެރިވާ ކަމަށް އަރުބާޒު ވަނީ ބުނެފައެވެ.

އަރުބާޒް ޚާން އަންހެނުން ޝޫރާ އަދި ދަރިފުޅު އަރްހާންއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އުމުރުން 22 އަހަރުގެ ދަރިފުޅު އަރުހާން އަރުބާޒުގެ ހަޔާތަށް އައި ދުވަސްވަރާ އަޅާ ބަލާއިރު މިހާރު ވަރަށް ގިނަ ކަންކަން ތަފާތުވެފައިވާ ކަމަށާއި ދެވަނަ ކުއްޖަކު ލިބެން އުޅޭއިރު އިހުސާސް ކުރެވެނީ އަލަށް ބައްޕައަކަށްވާން އުޅޭކަމުގެ އިހުސާސް ކަމަށް އަރުބާޒް ވަނީ ބުނެފައެވެ.

އަނެއްކާވެސް ދިރިއުޅުމަށް ޒިންމާތަކެއް އިތުރުވުމާ އެކު ދެވަނަ ދަރިފުޅު އުފަންވާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް އަރުބާޒު ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އަރުބާޒާއި ޝޫރާގެ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންނާ އެކު ވަރަށް ޕްރައިވެޓް ހަފްލާއެއް ގޮތުގައެވެ.

އަރުބާޒަށް ވުރެ 22 އަހަރު ހަގު ޝޫރާއާ ކައިވެނި ކުރުމުގެ ކުރިން އެކްޓަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އިޓަލީގެ މޮޑެލް އަދި ބަތަލާ ޖިއޯޖިއާ އެންޑްރިއާނީއާއެވެ.

comment ކޮމެންޓް