ހައު ޓު ޓްރެއިން ޔޯ ޑްރެގަންގެ ރިވިއުތައް ރަނގަޅު

ޔުނިވާސަލް ޕިކްޗާސްއިން ތައްޔާރު ކުރި މަޝްހޫރު އެނިމޭޓެޑް ފިލްމު ފްރެންޗައިޒް، "ހައު ޓު ޓްރެއިން ޔޯ ޑްރެގަން"ގެ ލައިވް އެކްޝަން ފިލްމުގެ ރިވިއުތައް އާންމުކޮށް ސިނަމާތަކުގައި ދައްކަން ފަށައިފިއެވެ.

ޔުނިވާސަލްއިން ލައިވް އެކްޝަން ފިލްމު ދައްކަން ފަށާފައިވަނީ އިއްޔެއެވެ. އެއާއެކު ކްރިޓީކުންގެ ރިވިއުތައް ފިލްމަށް އަންނަނީ ލިބެމުންނެވެ. މި ފިލްމުގެ ބޮކްސް އޮފީހުގެ ނަތީޖާތައް އެނގެން އަދި މާ އަވަހެވެ.

އެހެންނަމަވެސް ކްރިޓީކުންގެ ރިވިއުތައް މިހާރު ވަނީ އާންމުކުރަން ފަށާފައެވެ. ބައެއް ކްރިޓީކުން ބުނާގޮތުގައި މި ފިލްމަކީ ސްޕެޝަލް އިފެކްޓްސް އާއި ސީޖީއައި ވަރަށް ރަނގަޅަށް ބޭނުންކޮށްފައިވާ ފިލްމެކެވެ. އަދި ފިލްމުގެ ވާހަކަ، އޮރިޖިނަލް އެނިމޭޓެޑް ފިލްމާ އެއްގޮތް ކަމަށް ކްރިޓީކުން ބުނެއެވެ.

އެހެންވެ މި ފިލްމަކީ އާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ފިލްމުގެ އަސްލު ގެއްލުވާލާފައި ނުވާތީ އެކަމަށް ކްރިޓީކުން ތަރުހީބު ދެއެވެ.

ފިލްމުތައް ރޭޓް ކުރާ ޕްލެޓްފޯމް ކަމަށްވާ ރޮޓެން ޓޮމާޓޯސްގައި މި ފިލްމަށް ކްރިޓީކުން ފަރާތުން ވަނީ އެވަރެޖް 78 ޕަސެންޓް ރޭޓިންއެއް ލިބިފައެވެ. މިއީ ލައިވް އެކްޝަން ފިލްމެއްގެ ރޭޓީންއަކަށް ބަލާނަމަ ރަނގަޅު އަދަދެކެވެ.

އަލަށް ނެރުނު ހައު ޓު ޓްރެއިން ޔޯ ޑްރެގަންގެ ލީޑް ރޯލުތަކުން ފެންނަނީ މޭސަން ތޭމްސް އާއި ނީކޯ ޕާކާގެ އިތުރުން ޖެރާޑް ބަޓްލާ އާއި ޖޫލިއަން ޑެނިސަންއާއި ނިކް ފްރޯސްޓް އެވެ.

ހައު ޓު ޓްރެއިން ޔޯ ޑްރެގަންގެ ފުރަތަމަ ފިލްމު ނެރުނީ 2010 ވަނަ އަހަރެވެ. އެ ފިލްމަށް އޮސްކާގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑާއި އެންމެ މޮޅު ސްކޯގެ އެވޯޑަށް ނޯމިނޭޝަން ލިބުނެވެ. ބާކީ ދެ ފިލްމު ވަނީ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑު އޮސްކާގައި ހޯދާފައެވެ.

އެނިމޭޝަން ސެޓުކޮށްފައިވަނީ ވައިކިން ދުވަސްވަރުގެ ޒުވާނެއްގެ މައްޗަށެެވެ. އޭނާ އާއި ޑްރެގަންއަކާއެކު ގާތް އެކުވެރިކަމެއް އުފެދޭ ގޮތުގެ ވާހަކަ ފިލްމުން ދައްކައިދޭނެއެވެ.

comment ކޮމެންޓް