އުރީދޫގެ ޑާޓާ ޕެކްތަކަށް ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް

އުރީދޫ ހެޑް އޮފީސް: އުރީދޫގެ ޑާޓާ ޕެކްތަކަށް ޚާއްސަ ޑީލްތަކާއި ހަދިޔާތައް ލިބޭ ކެމްޕެއިނެއް ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

އުރީދޫގެ ޑާޓާ ޕެކްތައް ނެގުމުން ޚާއްސަ، ހިލޭ އޮފާތައް ލިބޭ ކެމްޕެއިނެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ، #929* ފިތާލައިގެން ޕްރީޕެއިޑާއި ޕޯސްޓް ޕެއިޑު ކަސްޓަމަރުންނަށް އެ ޑީލްތައް ލިބޭނެ ކަމަށެވެ.

އެގޮތުން، #929*އަށް ފިތައިލުމުން، 'ސުޕާ ޑީލްސް' ފެންނާނެކަމަށް އުރީދޫން ބުންޏެވެ. މި ކެމްޕެއިންގެ ތެރެއިން ޑީލްތައް ލިބޭނީ މަސް ދުވަހަށް ކަމަށްވާއިރު، ޑީލްތައް ބަދަލުވާނީ ކަސްޓަމަރުން ބޭނުންކުރާ މިންވަރަށް ބެލުމަށް ފަހުއެވެ.

ހިލޭ ލިބޭ ބައެއް އޮފާތަކުގައި ތެރޭގައި، ޓިކްޓޮކް ޑޭޓާއާއި ޑޭޓާ ޕެކުތަކުން ޑިސްކައުންޓު ލިބުން ހިމެނެއެވެ. ސުޕަ ޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޚާއްސަ ހަދިޔާތައް ވެސް ހިމެނެއެވެ. އުރީދޫން ބުނީ، މި ޕްރޮމޯޝަންގެ ތެރެއިން ލިބޭ އޮފާތައް ބަދަލު ވެސް ވާނެ ކަމަށެވެ.

އަދި، ކަސްޓަމަރުންނަށް އުރީދޫ ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ނަންބަރުން *929#އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ޑޭޓާ އެލަވަންސް ބޮޑުކުރަން ބޭނުންވިޔަސް، އަދި އެޑް-އޮންތަކުން ޑިސްކައުންޓެއް ބޭނުންވިޔަސް، *929# ސުޕަ ޑީލްސްއިން ޚާއްސަކުރެވިފައިވާ އޮފާއެއް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

https://sun.mv/208891

އުރީދޫން ބުނީ، *929# ސުޕަ ޑީލްސްގެ ތެރެއިން އޮފާއަކަށް ފިތާލުމާ އެކު ވަގުތުން އެ އޮފާ އެކްޓިވޭޓް ވާނެ ކަމަށެވެ.

އުރީދޫގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ރައްކާތެރިކަމާ އެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް