ޓޫ އޮފް އަސް ބްރިޓަންސް ގޮޓް ޓެލެންޓްގެ އޮޑިޝަނަށް ފުރާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި

އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮޑިޝަންތަކުގައި ބައިވެރިވުމަށް ދިވެހި ބޭންޑު، ޓޫއޮފް އަސް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން 11އިގެ ލައިވް އޮޑިޝަންތަކުގައި ބައިވެރިވުމަށް ޓޫ އޮފް އަސްއިން މިދިޔަ ހުކުރު ދުވަހު އެ ގައުމަށް ފުރިއެވެ. އޭރު އެ ބޭންޑު އޮތީ ބްރިޓަންސް ގޮޓް ޓެލެންޓުގެ 19ވަނަ ސީޒަންގައި ބައިވެރިވުމަށް ޝޯޓް ލިސްޓުކޮށްފައެވެ.

ޓޫއޮފް އަސް ބޭންޑު އެނބުރި ރާއްޖެ އައުން: އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮޑިޝަނަށް އެބޭންޑުން ފުރާނެ ----

އިންޑިއާސް ގޮޓް ޓެލެންޓުގެ އޮޑިޝަނަށް ފަހު، އެ މުބާރާތާއި ބްރިޓަންސް ގޮޓް ޓެލެންޓުގެ ކުރިއަށް ހުރި ބުރުތައް އެއް ތާރީޚަކާ ދިމާވާތީ އެއް މުބާރާތެއް އިޚުތިޔާރު ކުރަން ބޭންޑަށް ފުރުސަތު ދިނެވެ. އެ ބޭންޑުން އިޚްތިޔާރުކުރީ ބްރިޓަންސް ގޮޓް ޓެލެންޓުގައި ރާއްޖެ ތަމްސީލު ކުރުމަށެވެ.

https://sun.mv/209747

އިންޑިއާސް ގޮޓް ޓެލެންޓުގެ އޮޑިޝަނަށް ފަހު، އެބޭންޑު މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

އެނބުރި އައުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 'އެސްއެސްޓީވީ'އަށް ދިން އިންޓަވިއުއެއްގައި ބޭންޑުގެ ލީޑް ލަވަކިޔުންތެރިޔާ، އަހުމަދު އަދުހަމް ބުނީ، ބޭނުންވީ އެންމެ ބޮޑު މުބާރާތެއްގައި ވާދަކުރުމަށް ކަމަށެވެ.

ބީޖީޓީގެ އޮޑިޝަން އެއްކޮށް ނުއެއް ނިމޭ. ހަމަ ވަރަށް އުންމީދުކުރެވޭ ވަރަށް ދުރަށް ދެވޭނެކަމަށް. އެހެންވީމަ އެގޮތަށް [ބްރިޓަންސް ގޮޓް ޓެލެންޓުގައި ވާދަކުރަން] ނިންމީ. ކޮންމެ ގޮތެއް ވިޔަސް އިންޑިއާސް ގޮޓް ޓެލެންޓު ފަށައިފައި ދެން ހުއްޓައެއް ނުލެވޭނެ. އެހެންވީމަ އެ ގޮތަށް ނިންމީ އެންމެން ވާހަކަ ދައްކާފައި އެންމެ ރަނގަޅު ވާނެ ގޮތަކަށް ބަލާފައި އަހުމަދު އަދުހަމް

އެގޮތުން، ބްރިޓަންސް ގޮޓް ޓެލެންޓުގައި ވާދަކުރަން ނިންމީ މުބާރާތުން ކާމިޔާބެއް ލިބޭނެ ކަމަށް އުންމީދުކުރާތީ ކަމަށް އަދުހަމް ބުންޏެވެ.

އެ މުބާރާތުގައި ދިވެހި ލަވަ ކުޅުމަށް ފުރުސަތު ލިބޭ ވަރަކުން ދިވެހި ލަވަ ހުށަހަޅާނެ ކަމަށާއި އެއީ، ރާއްޖޭގެ ލަވަތައް ޕްރޮމޯޓުކުރުމަށް ކަމަށް އަދުހަމް ބުންޏެވެ.

ޓޫއޮފް އަސް އިން ވަނީ، އެ ބޭންޑު ކުރިއަށް ދަނީ ލިބޭ ތަރުހީބާއެކީ ކަމަށް ވާތީ، އެކަން ކޮށްދެމުން ދިޔުމަށް އެދިފައެވެ.

ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ.

މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމަށްފަހު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ.

ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުންމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.

comment ކޮމެންޓް