ފެންނަ ނުފެންނަ ވޯޓު: ސަރުކާރަށް މިހާތަނަށް ބޮޑު ނާކާމިޔާބީއެއް

ޕީއެންސީގެ ކެމްޕޭން ނިންމާލުމަށް ބޭއްވި ހިނގާލުމުގައި ރައީސް: ފެންނަ ނުފެންނަ ވޯޓުގައި، ގިނަ ބަޔަކު ވޯޓު ދީފައިވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް --- ސަން ފޮޓޯ

މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހެއް ކަމަށްވާ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓުލައިފިއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއެކު މިއަދު ކުރިއަށްދިޔަ މި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހަކާ ހަމައަށް ކުރިއަށްދިޔަ މި ވޯޓުލުމުގެ ކަންކަން ނިމި، މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ. ނޫސްތަކަށް މިހާތަނަށް ލިބިފައިވާ 6033 ވޯޓުގެ ނަތީޖާއަށް ބަލާއިރު، 70 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. އަދި މި އިސްލާހަށް ތާއީދުކޮށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 30.9 ޕަސެންޓް މީހުންނެވެ. އެހެންކަމުން މިއީ ރައްޔިތުންގެ ސީދާ ޚިޔާލު ހާމަވެގެންދިޔަ މުހިންމު ނިންމުމެއްކަން ފާހަގަކުރެވެއެވެ.

  • ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  • ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މިއަދު ބޭއްވުން.
  • ވަގުތީ ނަތީޖާ ދައްކާގޮތުން 70 ޕަސެންޓް މީހުން އިސްލާހާ ދެކޮޅަށް ވޯޓު ދިނުން.
  • އިސްލާހަށް ތާއީދުކޮށްފައިވަނީ އެންމެ 30.9 ޕަސެންޓް މީހުން ކަމަށްވުން.

މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް، މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން އުޅުނު އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު ވޯޓު ދީފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ވަނީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފައެވެ. އަދި، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު ވެސް ނަގައިފައިވެއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 9,729 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 69.3 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 30.7 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ --

މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ފަހިކުރުމަށް, ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ ފެބްރުވަރީ މަހުގެ 10ގައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން ފާސްކޮށްފައެވެ.

އެ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވަން ނިންމަވައިފައި ވަނީ، ފެންނަ ނުފެންނަ ވޯޓަށް ފަހުގައެވެ. ރައީސް ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ޚަރަދު ކުޑަވުމުގެ އިތުރުން، މަޖިލީހުން ޕާޓީއަކަށް ސުޕަމެޖޯރިޓީ ލިބުމުގެ ފުރުސަތު ކުޑަވެ، އިންތިޚާބީ ނިޒާމުން ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

https://sun.mv/220097

އެހެންނަމަވެސް، ކަމާ ބެހޭ ބައެއް މާހިރުންނާއި އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

މިއަދު އޮތް އިންތިޚާބުތަކުގައި މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށައި، ކިޔޫތައް ބަންދުކޮށްފައިވަނީ 17:00ގައެވެ. އޭގެ ފަހުން ވޯޓު ގުނުމުގެ މަސައްކަތްތައް އަދިވެސް އަންނަނީ ކުރަމުންނެވެ.

https://boduninmun-2026.sun.mv/

ފާހަގަކޮށްލެވޭ ގޮތުގައި، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަން ވެސް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން ވަނީ ދިފާއުކުރައްވައިފައެވެ.

comment ކޮމެންޓް