ކުޅިވަރުގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަރުވަން އިންޑިއާގެ އެހީ ހޯދަނީ

މިނިސްޓަރު ރާފިއު އިންޑިއާގެ ޒުވާނުންގެ މިނިސްޓަރާއެކު-- ފޮޓޯ: ޔޫތު މިނިސްޓްރީ

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް އެހީތެރިކަން ހޯދުމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އިންޑިއާގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މަންސުޚް މަންޑާވިޔާ މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހަވާސާގައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިގޮތުން، ދެ ގައުމުގެ ދެމެދުގައި ޒުވާނުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ދެ ވަޒީރުން ވާހަކަދެއްކެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމު ގުޅިގެން މި ދާއިރާތަކުން މަސައްކަތްކުރުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށްވާއިރު، އިންޑިއާ ފަދަ ގައުމުތަކުގެ ތަޖުރިބާގެ އަލީގައި ދިވެހި އެތުލީޓުންނާއި ކޯޗުންނަށް ފައިދާކުރާނެ މަގުތައް ފަހިކުރުމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ވަޒީރު ރާފިޢު ވަނީ އިންޑިއާގެ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގްރާންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މި މަހުގެ 19 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

ޖުމްލަ 355 މިލިއަން ރުފިޔާގެ މި ގްރާންޓް ޕްރޮގްރާމްގެ ދަށުން ހިންގާ މި މަޝްރޫއުގެ ސަބަބުން ރަށްރަށުގެ ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އެހެނިހެން އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިންވެސް ކުޅިވަރާއި ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި އިންޑިއާގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މަންސުޚް މަންޑާވިޔާ ވަނީ 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހަވާސާގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ޤައުމުގެ ދެމެދުގައި ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި، ޒުވާނުންގެ ފަންނީ ހުނަރު އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، ދިވެހި އެތުލީޓުންނާއި ކޯޗުން ބިނާކުރުމަށް އިންޑިއާގެ ތަޖުރިބާގެ އަލީގައި ފުޅާ ދާއިރާއެއްގައި ފުރުޞަތުތައް ފަހިކުރުމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. ```json

  • ޒުވާނުން ބަދަލުކުރުމުގެ ޕްރޮގްރާމްތަކާއި ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތުތައް ދެ ޤައުމު ގުޅިގެން ފުޅާކުރުން.
  • ރާއްޖޭގެ ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އިންޑިއާގެ އެހީތެރިކަން ހޯދައި، ކޯޗުންނާއި އެތުލީޓުން ބިނާކުރުން.
  • އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގެ ދަށުން ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުން.
  • 355 މިލިއަން ރުފިޔާގެ ގްރާންޓް ޕްރޮގްރާމްގެ އެހީގައި ރަށްރަށުގެ ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއް ހޯދައިދިނުން.
  • މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރުމަށް ދެއްވާ އެއްބާރުލުމާއެކު، ކުރިއަށް އޮތް ތަނުގައި އިތުރު މަޝްރޫޢުތައް ހިންގުން.
comment ކޮމެންޓް