އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސެގްމަންޓު: މުޅި މި ސެގްމަންޓު އެއްކޮށްހެން ވަނީ ހަލާކުވެފައި. ތާރުގަނޑުގައި "ރާޅުބާނި"ހެން އުފުލި ދުއްވަން ވަނީ ނުރައްކާވެފައި -- ސަން ފޮޓޯ/ މުޙައްމަދު އަފްވާން ސޮލާހު

އަމީނީމަގުގެ ހުޅަނގަށްވީ ބައިގައި އަޅައިފައިވާ ތާރުގަނޑު ނަގައި, އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އަމީނީ މަގުގެ އެންމެ ފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދު މިހާރު ވަނީ, އެ ސަރަހައްދުގައި ދުއްވަން ނުރައްކާވާ މިންވަރަށް ހަލާކުވެފައެވެ. އެ ސަރަހައްދުގައި "މުލިހި"ތަކެއްހެން ނުވަތަ "ރާޅުބާނި"ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.

އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަލުން ތާރުއެޅުމަށް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ. އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ދެ ހަފުތާއެއްހައި ދުވަހުގެތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނީ މި އަހަރުގެ އޭޕްރިލް މަހުގެ 11 ވަނަ ދުވަހެވެ.

https://sun.mv/220441

އޭރު އެ ކުންފުނިން ބުނީ އެ މަގު އަލުން ތަރައްގީކުރާއިރު ފަންނީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލާނެ ކަމަށާއި ތާރުއެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.

އަމީނީ މަގު ތާރުގަނޑުގައި ހުރި މުލިހިތައް: މިކަމުގެ ސަބަބުން ގިނަ ނުރައްކާތަކާ ކުރިމަތިވޭ --- ސަން ފޮޓޯ/ އަހުމަދު އިނާހު

އެއަށްފަހު އެ މަސައްކަތް ނުފެށި ލަސްވާތީ ސުވާލުކުރުމުން އެ ކުންފުނިން ޖޫން މަހުގެ ކުރީކޮޅު ބުނީ، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ފެށުން ލަސްވަނީ ހައުސިން މިނިސްޓްރީން އެ މަސައްކަތުގެ ބައެއް ކަންކަމަށް ބަދަލު ގެންނާތީ ކަމަށެވެ.

https://sun.mv/223018

އެއަށްފަހު މިމަހުގެ ނުވަވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ.

ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެމްޓިސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް މިހާރު ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

ދެން އަމީނީ މަގުގެ މަސައްކަތް އަޅުގަނޑުމެން މި ހަފުތާގެ ފަހުކޮޅު ނޫނީ އަންނަ ހަފުތާގައި މަސައްކަތް ފަށާނަން. އެމްޓިސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން

ފާހަގަކުރެވޭ ގޮތުގައި އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.

ނަމވެސް މިހާރު އަމީނީ މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ.

ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމީނީމަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސާވޭ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އަމީނީ މަގުގެ ހުޅަނގުކޮޅުގައި އަޅައިފައިވާ ތާރުގަނޑު ހަލާކުވެފައިވުމުގެ ސަބަބުން، އެ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ކުރިން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދަން އުޅުނު މި މަސައްކަތް ލަސްވުމާ ގުޅިގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި ސަރަހައްދުގެ ތާރުގަނޑު އުފުލި ބާނިތަކެއް ހެދިފައިވުމުގެ ސަބަބުން ދުއްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ނުރައްކާވެ، އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މި މަސައްކަތަކީ މަގުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަވަސްކޮށްފައިވާ މުހިންމު ފިޔަވަޅެކެވެ. ```json

  • އަމީނީ މަގުގެ ހާބަރު ފުޑްކޯޓު ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ.
  • މަގުގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ވަނީ ނުރައްކާތަކާ ކުރިމަތިލާންޖެހިފައި.
  • މަސައްކަތް ލަސްވުމުގެ ސަބަބުން، އާރްޑީސީގެ ބަދަލުގައި ކޮންޓްރެކްޓް މިހާރު ދީފައިވަނީ އެމްޓީސީސީއަށް.
  • މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށް.
comment ކޮމެންޓް