ގަމުގައި ކިޔަވައިދޭ ކްލައިމެޓް ޗޭންޖް ކޯހަށް އެންވަޔަރަމެންޓް މިނިސްޓްރީން ސްކޮލާޝިޕްތަކެއް

ގަމުގައި ކިޔަވައިދޭ ކްލައިމެޓް ޗޭންޖް ކޯހަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްކޮލާޝިޕް ދޭން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ލ. ގަމު ކެމްޕަހުގައި ބެޗްލާ އޮފް ސައިންސްއިން ކްލައިމެންޓް ޗޭންޖް ކޯސް ހިންގުމަށް އެންދެރި ޕްރޮޖެކްޓުގެ ދަށުން ސްކޮލާޝިޕް ފޯރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ،

އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޒާހިރެވެ. ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

ގަމުގައި ކިޔަވައިދޭ ކްލައިމެޓް ޗޭންޖް ކޯހަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްކޮލާޝިޕް ދޭން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ގައުމީ ޔުނިވާސިޓީން ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ގަމުގެ އެމްއެންޔޫ ކެމްޕަހުގައި ބެޗްލާ އޮފް ސައިންސްއިން ކްލައިމެޓް ޗޭންޖް ކޯސް ސްޕޮންސާ ކުރުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ތިމާވެށި އެންމެ ފުރިހަމައަށް ބަލަހައްޓާ، މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް މީހުން ބިނާކުުރމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން، ގަމުގައި ބެޗްލާ އޮފް ސައިންސްއިން ކްލައިމެންޓް ޗޭންޖް ކޯސް ހަދަން 12 ސްކޮލާޝިޕެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިމާވެށި ދާއިރާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ އެއް ދާއިރާއަށްވުމުން، މި ދާއިރާއަށް ވީހާވެސް ގިނަ ބަޔަކަށް އިލްމު އުގަންނައި ދިނުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށް ގައުމީ ޔުނިވާސިޓީން ފާހަގަކުރިއެވެ. އަދި އެފަދަ ޖީލެއް ބިނާ ކުރުމަށް އެޅޭ ވަރަށް ވެސް މުހިންމު ފިޔަވަޅެއްގެ ފެށުމަކަށް އެ އެއްބަސްވުން ވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

comment ކޮމެންޓް