ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ރޭ ޒަޚަމު ކޮށްލައިފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާލޭ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައެއް ރޭ 23:58 ހާއިރު ރިޕޯޓުކުރި ކަމަށެވެ،
މަރާމާރީގައި އަނިޔާވެފައިވަނީ، ނޭޕާލް ފިރިހެނަކަށެވެ.
އޭނާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެކަމަކު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީގެ މައްސަލަތައް މާލޭގައި ހިނގާ މިންވަރު ވަނީ އާންމުވެފައެވެ. މިފަދަ މާރާމާރީތަކުގައި މީހުންނަށް ބޮޑެތި ޒަޚަމުތައް ލިބިފައި އެބަހުއްޓެވެ.