އިންފްލޭޝަނާ ގުޅިގެން ލޯބީގެ އަގުބޮޑުވެއްޖެ ކަމަށް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) ބުނެފިއެވެ.
ޖޭލޯ އަންނަނީ މި ފަހަކަށް އައިސް އޭނާގެ ކުރީގެ މިއުޒިކްތަކާ ގުޅޭގޮތުން އާ މައުލޫމާތުތައް ހިއްސާކޮށް އޭނާގެ ދިރިއުޅުމާ މި ލަވަތައް ގުޅޭގޮތުގެ ވާހަކަތައް އާންމު ކުރަމުންނެވެ.
ޖޭލޯ ލޯބީގެ މި ވާހަކަ މި އިޝާރާތްކުރަނީ އޭނާގެ 2001 ވަނަ ހިޓު ލަވަ "ލަވް ޑޯންޑް ކޯސްޓް އަ ތިންގު" އަށެވެ. މިއީ ޖޭލޯ އާންމުންގެ ތެރޭގައި އެންމެ ފުރަތަމަ މަގުބޫލުވުމަށް މަގުފަހިވި ލަވަތަކުގެ ތެރޭގައި ހިމެނޭ އެއް ލަވައެވެ. މިއީ ޖޭލޯގެ ޑެބިއޫ އަލްބަމުގައި ހިމެނޭ ލަވައެކެވެ. މި ލަވައިގައި ކިޔަނީ ލޯތްބަކީ އެއްވެސް ކަހަލަ ހަރަދެއްވާ ކަމެއް ނޫން ކަމެވެ. އަދި ލޯތްބަކީ އިތުބާރުކޮށް އެކަކު އަނަކަކަށް ގަދަރު ކުރުން ކަމުގައި އެއަކީ އަތުން ހަރަދެއް ހިނގާނެ ކަމެއް ނޫން ކަމުގައި ޖޭލޯގެ ލަވައިން ބުނެއެވެ.

ނަމަވެސް، ދާދިފަހުން ސޯޝަލް މީޑިއާގައި ޖޭލޯ ބުނެފައިވަނީ މިހާރު އިންފްލޭޝަންގެ ހާލަތުން ލޯތްބަކީ ހަރަދު ހިނގާ ކަމެއް ކަމުގައި ޖޭލޯ ފާހަގަކުރެއެވެ.
ޖޭލޯ މިހެން މި އިޝާރާތްކުރަނީ އޭނާގެ އެންމެ ފަހުގެ ކައިވެނީގެ ވާހަކައެވެ. ބައެއް ފަހަރު ކައިވެނި ރޫޅޭ ކަމާއި މިއީ އެންމެ ފަސޭހަ ނޫން ކަންކަމުގައި ޖޭލޯ އިޝާރާތް ކުރެއެވެ. އެހެންވީމާ ލޯބީގެ ސަބަބުން ނަފުސަށް އަސަރު ކުރާ ކަމާއި އެއީ ވެސް ހަރަދެއް ހިނގާނެ ކަމެއް ކަމުގައި ޖޭލޯ ބުނެއެވެ.
ޖޭލޯގެ ދުވަސްވީ ލޯބިވެރިޔާ އަދި މަޝްހޫރު ތަރި ބެން އެފްލެކާއި އެނާ ވަނީ މިދިޔަ އަހަރު ވަރިވެފައެވެ. އެއަށް ފަހު އޭނާ ސިންގަލްކޮށް ހުރި ކަމަށް ބުނާއިރު އޭނާ އެހެން ބައިވެރިޔަކާ އެކު އުޅޭ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އެކަމެއް ޖޭލޯ ކަށަވަރު ކޮށްދީފައެއް ނުވެއެވެ.