އެމްޓީސީސީ ބަލިކޮށް ވެމްކޯއިން ވީއޭއެމް ކަޕް ޖެހިޖެހިގެން ދެވަނަ ފަހަރަށް މިލްކުކޮށްފި

ވީއޭއެމް ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި ކުލަބު ވެމްކޯއިން ޓްރޮފީ އުފުލާލަނީ-- ސަން ފޮޓޯ: އަލީ ވިޝާލް

ވީއޭއެމް ކަޕުގެ ފައިނަލުގައި ކުލަބު އެމްޓީސީސީ ބަލިކޮށް ކުލަބު ވެމްކޯއިން ޖެހިޖެހިގެން ހަ ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ޖެހިޖެހިގެން ވެމްކޯއިން މި ތަށި އުފުލާލި ހަ ވަނަ ފަހަރެވެ. އެއާއެކު މިއީ އެ ޓީމުން މި ތަށި ޖެހިޖެހިގެން މިލްކުކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ފައިނަލާ ހަމަޔަށް ވެމްކޯ ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ.

ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން ހޯދަން ވެމްކޯގެ ދަތުރު ފެށީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވެމްކޯއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލް މެޗުގެ ކުރިން ވެމްކޯއިން ވަނީ ގްރޫޕް ފިޔަވަހީގައި އެމްޓީސީސީއާ ބައްދަލުކޮށްފައެވެ. އެ ފަހަރު ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފައިނަލް މެޗު ވެމްކޯ ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މި މެޗުގައި އެމްޓީސީސީ ހޯދި ސެޓަކީ މުޅި މުބާރާތުގައި ވެމްކޯ އަތުން ގެއްލުނު ހަމައެކަނި ސެޓެވެ.

ކެޕްޝަން..

އަޙްމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅުނު ވެމްކޯ ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 20-25 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް 25-20 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށްފައެވެެ. އޭގެ ފަހުން ވެމްކޯ ކުޅުނު ދެ ސެޓު 25-13 އަދި 25-18 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.

އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިއަކީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު، އައިޝަތު މާޖިދާ، ނަރީމާ އިދުރީސް (ނަންނި)، ހުރާ ކޮމިއުނިޓީ ކްލަބްގެ ފާތިމަތު ލިވާ ހުސެއިން، މަނާލް އިސްމާއިލް ރަޝީދު އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހެވެ.

ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގެ ޑްރީމް ޓީމު-- ސަން ފޮޓޯ: އަލީ ވިޝާލް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ވެމްކޯގެ ޖޫޒާން އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ކުތިކާ ކަވްޕިން އެެވެ. އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެއަކަށް ޕޮލިސް ކްލަބްގެ މިންހަތު އަހުމަދު ހޮވުނުއިރު އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަދީލް އެވެ.

މި މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ހުރާ ކޮމިއުނިޓީ ކުލަބު އަތުން ސީދާ ތިން ސެޓުން މޮޅުވި ޕޮލިސް ކުލަބެވެ.

comment ކޮމެންޓް